ހަމްނާ: ތަފާތު ބާވަތްތައް އަމިއްލައަށް އުފައްދާ ހުނަރުވެރި ކަނބަލެއް!

ބ. ތުޅާދޫ އަށް އުފަން ހަމްނާ ރަޝީދަކީ މަސައްކަތްތެރި ކަނބަލެކެވެ. ހަމްނާ ފާހަގަކުރިގޮތުގައި ދެކުދިންނަށް ބޭނުންވާ ތަފާތު ތަކެތި އަމިއްލައަށް ތައްޔާރުކުރުމަކީ ލިބޭ ހިތްހަމަޖެހުމެކެވެ. Fahucollection ނަމުގައި ފޭސްބުކް އަދި އިންސްޓަގްރާމްގައި ޕޭޖެއް ހިންގަމުން އަންނަ ހަމްނާގެ މަސައްކަތްތެރިކަން މި ޕޭޖުން ފެންނަން އެބަހުއްޓެވެ. " ދަރިފުޅުގެ ޕާޓީއަށް ޖުވެލަރީސެޓެއް ހޯދަން އުދަގޫވި. އަތުގައަޅާ އެތިކޮޅު، ފަށް އަދި ހެޑްބޭންޑް އެއްވައްތަރަކުން ހޯދަން އުދަގޫވީމަ ހިތަށްއެރީ އަމިއްލައަށް ހެދޭތޯ މަސައްކަތްކުރަން. އޭގެ ކުރިން ހުރީ ޖުވެލަރީސެޓް ހަދަން […]