ޤައުމު ކުޑަވުމަކީ މައްސަލައެއްނޫން! މިކަންކުރެވޭނީ "ސީރިއަސް" ވެގެން!

މިއަދުގެ ދުނިޔެއަކީ މާއްދިއްޔަތަށް ހުރިހާކަމެއް ލެނބި އެންމެންގެ ސިކުނޑި ހިޞާރުކޮށްފައިވާ މާހައުލެކެވެ. އެއްވެސްމީހަކު އެ ދަންތުރައިގައި ޖެހެން ބޭނުންނުވިއަސް ސަލާމަތްވެވެން ނެތްވަަރަށް ދުނިޔޭގެ ހުރިހާކަމެއް ވަނީ ގުޅިލާމެހިފައެވެ. ޙަޤީޤަތުގައި 'ތިމާވެށި'، މިބަސް ދުނިޔެއަށް އުފަންވިީ ދިރިއުޅޭ މާހައުލުގެ ރައްކާތެރިކަމާއި ހިމާޔަތުގެ މުޙިއްމުކަމުންނެވެ. މިއާއި ޚިލާފަށް ދުނިޔޭގެ ޤުދުރަތީ މީޒާނުގެ ހަމަތައް ނުގެއްލި އެކަމުގެ ވޭނާއި ތުރާތަކާއި އުނދަގޫތައް މެދުވެރިނުވިނަމަ ތިމާވެށްޓޭ ކިޔައިގެން ދައްކާނެ ވާހަކަތަކެއް ނެތުމަކީ އެކަށީގެންވާކަމެކެވެ. މީގެ ހެއްކަކީ ތިމާވެށީގެ ކަންބޮޑުވުމެއް އޮވެގެން ދުނިޔެއިން އެކަމުގެ […]