ނަފްސު ތަރުބިއްޔަތުކުރުމަކީ ވަރަށް މުހިންމުކަމެއް!

ނަފްސު ތަރުބިއްޔަތު ކުރުމަކީ ވަރަށް މުހިންމުކަމެކެވެ. ރަނގަޅު އާދަ ތަކުންނާއި ރިވެތި އަޚްލާޤުންނެވެ. ޞާލިޙު ޢަމަލުތަކުންނެވެ. މިކަމުގެ މުހިންމުކަމުގެ ސަބަބުން ކީރިތި ޤުުރްއާނުގައި ނަފްސު ތަރުބިއްޔަތުކުރުމަށް އިރުޝާދު ދެއްވާފައިވެއެވެ. ނަފްސު ތަރުބިއްޔަތުކުރެވުނު މީހަކަށް ކާމިޔާބު ލިބޭނެކަމަށާއި، އަދި ނަފްސު ތަރުބިއްޔަތު ކުރުމުގައި އިހްމާލުވީ މީހުންނަށް ނާކާމިޔާބުވާނެކަމަށް ކީރިތި ޤުރްއާންގައި ބަޔާންކުރައްވާފައިވެއެވެ. ކީރިތި ޤުރްއާނުގައި ނަފްސު ސިިފަކުރައްވާފައިވަނީ ތިން ގޮތަކަށެވެ. މާތްﷲ ގެ ރުހުމާއި، ހެޔޮ ޢަމަލުކުރުމުގެ ސަބަބުން ހިތްހަމަޖެހިފައިވާ ޞާލިޙު މީހެއްނަމަ، އެނަފްސަކީ نفس مطمئنة އެވެ. […]