އަތްދަބަހުގައި ގެންދިއުމަށް ނުރައްކާތެރި ތަކެތި

ދަތުރަކަށް ތައްޔާރުވާއިރު ވިސްނަންވީ ކަންކަމުގެ ތެރޭގައި ފޮށި ބަންދުކުރާއިރު އަވަސްއަރުވާލައިގެން އެއްޗެހި އެޅުމަކީ އެންމެ އެދެވިގެންވާ ގޮތެއް ނޫނެވެ. ކިތަންމެ އަވަހަކަށް ތަނަކަށް ދާންޖެހުނު ކަމުގައިވިޔަސް ދަތުރަށް ރަނގަޅަށް ތައްޔާރުވުމަކީ މުހިންމުކަމެކެވެ. ބައެއް މީހުންްނަކީ "ހޭންޑް ލަގެޖް" ނުވަތަ އަތްދަބަސް އެކަނި ހިފައިގެން ދަތުރުކުރާ މީހުންނެވެ. އެއީ އިތުރު ލަގެޖެއް ހިފައިގެން ދިއުމުން ފްލައިޓުން ފައިބައިގެން މަޑުކުރަން ޖެހޭތީ ވަގުތު ސަލާމަތްކުރުމުގެ ބޭނުމުގައެވެ. ވިސްނާލަންވީ އަތްދަބަސް ޕެކްކުރާއިރު އެއަށް ލައިގެން ނުވާނެ ތަކެއްޗާއި އެއަށް ލެވޭނެ ތަކެއްޗެވެ. […]