އިސްލާމީ ޢަޤީދާގެ މައްޗަށް ދަރިން ތަރުބިއްޔަތުވެގެން މެނުވީ ރަނގަޅު ޖީލެއް ބިނާ ނުކުރެވޭނެ!

މައިންބަފައިން އަބަދުވެސް އެބައިމީހުންގެ ދަރިންނާމެދު ފޮނި އުއްމީދުތައް ކުރެއެވެ. އެ ދަރިން، ދީނީ ކަންތަކަށް ހުރުމަތްތެރިކޮށް ހިތައި ކިޔެވުމުގައި މޮޅު، އަދި ޤައުމާއި މުޖުތަމައަށް ފައިދާ ކޮށްދޭނެ ކުދިންނަށް ވުމުގެ ފޮނި އުންމީދުކުރެއެވެ. މައިންބަފައިންގެ އެ އުންމީދުތައް ހާސިލު ކުރުމަށްޓަކައި ބުރަ މަސައްކަތްތައް ކުރެއެވެ. ބޮޑެތި ޚަރަދުތައް ކުރެއެވެ. އެގޮތަށް ކުރާ ޚަރަދުތަކަކީ ހިސާބުކޮށް ބަލަހައްޓާ އެއްޗަކަށް ނުވާތީ، އެކަމަށް ޚަރަދުކުރެވިފައި ވަނީ ކިހާ ފައިސާއެއް ކަމެއް މައިންބަފައިންނަށް ބުނަން ދަތިވާނެއެވެ. ކުދިންގެ ޅަފަތުގައި އެކުދިންނަށް ކިޔަވައި […]