ވާހަކަ: ލޭތިކި (އަށްވަނަބައި)

ސިޓިންގރޫމްގެ ގޮނޑީގައި ޝަރުވާން އޮށޯތީ ނިދާލުމުގެ ބޭނުމުގައެވެ. ނަމަވެސް އިރު އިރު ކޮޅާ އައިޝާ ގިސްލާ ރޯ އަޑަށް ދޮރު ހުޅުވައި ބަލައިލައެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް އައިޝާ އޮންނަނީ ނިދާފައެވެ. ހަށިގަނޑަށް އެއްވެސް ކަހަލަ ރިހުމެއްގެ އަސަރު ނެތް ކަހަލައެވެ. އަނެއްކާވެސް ޝަރުވާން ގޮސް ސިޓިންގރޫމްގެ ގޮނޑީގައި އޮށޯންނަނީއެވެ. ޝަރުވާނަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. އަވަހަށް ތެދުވެލައިގެން ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އައިޝާ އެއޮތް ގޮތަށް އޮތެވެ. އަވަހަށް ތައްޔާރުވެލައިގެން […]