ނޭއްގާނީ ކަންކަން ހުއްޓުވުމަކީ އަމިއްލަ މުދަލާއި އަނބިދަރިންގެ ސަލާމަތަށްޓަކައި ކުރެވޭ މަސައްކަތެއް- ޚުޠުބާ

ހެޔޮކަންތަކަށް އަމުރުކުރުމާއި، މުންކަރާތްތައް މަނާކުރުމުގެ ޒިންމާއަކީ، އިސްލާމީ އުންމަތުގެ ހުރިހާ ފަރުދުންގެ ބޮލުގައި މާތްﷲ އަޅުއްވައިފައިވާ ޒިންމާއެކެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ފެންވަރާއި ހައިސިއްޔަތުގެ މިންވަރުން އެ ޒިންމާ އަދާކުރަން ޖެހޭނެއެވެ. އެއީ ބިމުގައި ބާރުވެރިކަމާއި ނަޞްރު ދެއްވުމުގެ ސަބަބެކެވެ. ކަން މިހެން ހުރިއިރު އިސްލާމީ ވެރިކަމެއްގެ އެންމެ މުހިންމު ވާޖިބަކީ މީސްތަކުންނަށް އިސްލާމްދީނުގައި އަންގަވާފައިވާ ކަންކަމަށް ބާރު އެޅުމާއި، ދީނީ ކަންކަމާބެހޭ ޢިލްމު އާންމު ކުރުމާއި، އިސްލާމީ ޝިޢާރުތައް ނެގެހެއްޓުމާއި މުޖުތަމަޢުގައި ހިނގާ ނޭއްގާނީ ކަންކަން […]