ރަސްމާލެ: އެތައްބައެއްގެ އުންމީދާއި ގުޅިފައިވާ ބޯހިޔާވަހިކަމުގެ ހައްލު ގެނެސްދޭނެ މަޝްރޫޢެއް

ރަނގަޅު ބޯހިޔާވަހިކަމެއް ނުލިބުމަކީ އެތައްބައެއްގެ ޝަކުވާއެކެވެ. މިމައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދެކެވެ. ރާއްޖޭގައި މިހާތަނަށް ހިންގާ ބޯހިޔާވަހިކަމުގެ އެންމެބޮޑު މަޝްރޫޢު "ރަސްމާލެ" ބިން ހިއްކުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އިފްތިތާހް ކޮށްދެއްވީ މިއަދު ހަވީރު އެވެ. ފުށިދިއްގަރު ފަޅުގައި ތަރައްޤީކުރާ ސަހަރަށް "ރަސްމާލެ"ގެ ނަމުން ނަންދެއްވައި ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ފަށާތާ 8 މަސްދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން ހިއްކާނެކަމަށެވެ. ޤައުމީ އެންމެބޮޑެތި […]