އެންޒައިޓީގެ ސަބަބުން ބަނޑުގެ އެކިމައްސަލަތަކާއި ކުރިމަތިލާން ޖެހިދާނެބާ؟

މާބޮޑަށް ހާސްވުމުން ދިމާވާ ބައެއްކަހަލަ ކަންކަމުގެ ސަބަބުން ހަށިގަނޑަށް ނޭދެވޭ އަސަރުކުރެއެވެ. ގިނަފަހަރަށް މިކަންކަން ތަހައްމަލު ކުރަމުންދަނީ އެންޒައިޓީގެ މައްސަލަ ދިމާވެފައި ތިބޭ މީހުންނެވެ. އަދި އެހެންމެ ޑިޕްރެޝަންގެ މައްސަލަ ހުންނަ މީހުންނަށް އެކިކަހަލަ މައްސަލަތައް ދިމާވެ ސިއްހީގޮތުން ނުރައްކާތެރި ފައްތަރަކަށް ދެއެވެ. އެންޒައިޓީއަކީ ތިމާއަށް ނޭނގުނަސް ނުރައްކާތެރި ކަމެކެވެ. އެކަމުގެ ސަބަބުން ލިބިދޭ އެތައް ގެއްލުމެއް ހުރެއެވެ. އެކަން ތިމާއަށް ފާހަގަނުވެދާ ފަހަރުތައްވެސް އާދެއެވެ. ސިކުނޑިއަށް ބާރުބޮޑުވުމުގެ ސަބަބުން ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކަށްވެސް ބާރު ފޯރައެވެ. […]