ދިރިއުޅުމަށް ބުރަކޮށް މަސައްކަތްކުރުމަށްފަހު އަމިއްލަ ހިތްހަމަޖެހުމަށް ވިސްނާލިންތަ؟

ބުރަމަސައްކަތްކޮށްގެން އާމްދަނީ ހޯދަނީ ވަރަށް ގިނަ ބޭނުންތަކަކަށްޓަކައެވެ. ބައެއްމީހުން އަނބިންނާއި ދަރިންގެ ދިރިއުޅުމުގެ ޚަރަދުތައް ބެލެހެއްޓުމަށެވެ. އަނެއްބަޔަކު ފައިސާ ހޯދަނީ އަރާމު ދިރިއުޅުމެއް އުޅުމަށެވެ. މިހެންގޮސް އެކިމީހުން ފައިސާ ހޯދާ މަގުސަދުވެސް ތަފާތެވެ. އަނެއްބަޔަކު ފައިސާ ހޯދަނީ އަގުބޮޑެތި އެއްޗެހި ގަތުމަށެވެ. ނޫނީ ފަހަށް ފައިސާ ރައްކާކުރުމުގެ މަގުސަދުގައިވެސް ފައިސާ ހޯދާ މީހުން އުޅެއެވެ. ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް ފައިސާއަކީ ކޮންމެހެން ބޭނުންވާ އެކައްޗެވެ. ބުރަ މަސައްކަތުގައި އޮފީހުގައި އުޅެފައި އައިސް އިތުރު މަސައްކަތްތަކަށްވެސް މީހުންދެއެވެ. އެހާ […]