ވާހަކަ: ލޭތިކި (ދިހަވަނަބައި)

ޝަރުވާނަށް ހޭލެވުނީ މީހަކު ގޮވައިލިހެން ހީވާތީއެވެ. ސިއްސައިގެން ގޮސް ވަށައިގެން ހޯދައިލިއެވެ. ކޮޓަރިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެއިރުވެސް މީހަކު ހިނގާ އަޑު އިވެމުން ދެއެވެ. ސީދާ އެއަޑު އަންނަނީ ކޮންދިމާލަކުން ކަމެއް ނޭނގެއެވެ. ޝަރުވާން ކޮޓަރިތެރެއަށް ނަޒަރު ހިންގައިލިއެވެ. އަދި އެއީ ކާކުތޯ ބެލުމަށް އަވަސް އަވަހަށް ގޮސް ކުޑަދޮރުގެ ދޮރުފޮތިގަނޑު ކަހައިލިއެވެ. ޝަރުވާންގެ ލޮލުގައި އަޅައިގަތީ ދޮރާށިން ނިކުމެގެން ދިޔަ މީހެކެވެ. ނަމަވެސް އެމީހާގެ ފުރަގަހުން ފެނުމުން އެއީ ކާކުކަން ނޭނގުނެވެ. އަނެއްކާވެސް […]