ސުނާމީ ކާރިސާގެ ހަނދާނުގައި ބޭއްވި ސުކޫތު

އެއްބައިވަންތަކަމުގެ ދުވަސް: ދުރުނުވެވުނު ހިތްދަތި ހަނދާންތަކާއެކު އެދެނީ އެއްބައިވަންތަކަމަށް!

އެއީ 2004 ވަަނަ އަހަރު ޑިސެންބަރުގެ 26 ވަނަ ދުވަހުގެ ހެނދުނު 9:23 އެެވެ. އިރުއަރައިގެން އައީވެސް ތަފާތެއްނެތި އުފާވެރިކަމާއެކުގައެވެ. ނަމަވެސް މުޅި މަންޒަރު ބަދަލުކޮށްލީ އަރައިގެން އައި ބިޔަ ރާޅާއެކުގައެވެ. ސުނާމީގެ ނަމުން މަޝްހޫރުވެފައިވާ އެ ބޮޑު ރާޅު އުފެދުނީ އިންޑޮނޭޝިއާގެ ސްމަޓްރާ އަށް އައި ބިންހެލުމަށްފަހުގަ އެވެ. ރިކްޓަރ މިންގަޑުން 9.3ގެ ބާރުމިނުގައި އައި މިބިންހެލުމާއެކު އުފެދުނު ރާޅުތަކުގެ ސަބަބުން ރާއްޖޭގެ ބައެއް ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބި 13 ރަށަކުން މީހުން ހުސްކޮށް […]