ވާހަކަ: ލޭތިކި (އެގާރަވަނަބައި)

ޝަރުވާން ދިޔައީ ވަރަށް ފަރުވާތެރިކަމާއިއެކު މީހަކު ފެނޭތޯ ބަލަމުންނެވެ. އެއްވެސް މީހެއް ފެންނާކަށް ނެތެވެ. ޝަރުވާން އެއިރު ކޮންމެވެސް ވަރަކަށް ވަނީ ތެމިފައެވެ. ދެން އިތުރަށް ބަލަން އުޅެގެން ތެމުން ފިޔަވައި އިތުރު ކަމެއް ނުވާނެހެން ހީވާތީ ކައިރީގައި ހުރި ގަހެއްގައި އަޅުވާފައިވާ ސަތަރިގަނޑެއްގެ ދަށަށް ވަދެ ވަށައިގެން ހޯދަން ފެށިއެވެ. "ކޮބާ އަހަރެން މިހުރީ މިތާ" ޝަރުވާނަށް މީހަކު ނުފެނުމުން ބުނެލިއެވެ. "މިހިރީނު" ޝަރުވާން ސިއްސައިގެން ދިޔައީ ވަރަށް ގާތުން އަންހެންކުއްޖެއްގެ ހިލަމެއް ވުމުންނެވެ. ޝަރުވާން […]