މަސްތުވާތަކެތި ހުއްޓުވުން: ޒުވާނުން ހެޔޮމަގަށް ގެނައުމަށް ބޭނުންވަނީ ހިތްވަރުދީ އެހީތެރިވާނެ ބައެއް!

އެއީ ހުނަރުވެރި ޒުވާނެކެވެ. ސްކޫލު ދުވަސްވަރު ކިޔެވުމަށް ވަރަށް މޮޅެވެ. ލިޔުންތެރިކަމާއި ވާހަކަދެއްކުމުގެ ހުނަރުގެ އިތުރަށް ކުޅިވަރުގައިވެސް ހަރަކާތްތެރި ޒުވާނެކެވެ. ޒުވާން އުމުރަށް އައިއިރުވެސް އެއީ މަސްތުވާތަކެތީގެ ވަބާގައި ޖެހި ހަލާކުވެގެންދާނެ ޒުވާނެއްކަމަށް އެކަކުވެސް ގަބޫލު ނުކުރެއެވެ. ސްކޫލު ނިންމުމަށްފަހު ވަޒީފާއެއް އަދާނުކޮށް އެހޭދަވި މުއްދަތުގައި މި ޒުވާނާއާއި ދިމާވި ރައްޓެހިންތަކެއްގެ ސަބަބުން މުޅި ދިރިއުޅުން އެފުއްމިފުށަށް ޖެހުނީއެވެ. ކުރިން ދިރިއުޅުނު ރަނގަޅު އާދަތައް ހަނދާންނެތި މުޅި މީހާ ގެއްލި ހުސްވީއެވެ. ރައްޓެހިންނާއި ޖެހި އަތުގައި އަޅާ […]