ދަރަނިވެރިޔާއަށް ލުއިކޮށްދޭ މީހާއަށް ޤިޔާމަތް ދުވަހުން ޢަރްޝީގެ ހިޔާވަހިކަން ދެއްވާނެ- ޚުޠުބާ

މަޙްޝަރުދުވަހުގެ ގަދަހޫނުން ސަލާމަތް ކޮށްދޭނެ ފުރަތަމަކަމަކީ އަތްމަތި ދަތި މީހާއަށް އޭނާގެ ދަރަނި އަދާކުރުމުގައި ލުއިކޮށްދިނުމެވެ. މިއީ މީސްތަކުންގެ މުދާ ބާޠިލު ގޮތުގައި ކެއުމަށްޓަކައި، ދަރަނި ނަގާ މީހުންގެ ވާހަކައެއް ނޫނެވެ. ދަރަނި އަދާކުރެވޭ ހާލުގައި، ދަރަނި އަދާނުކޮށް ދިގު ދަންމާ މީހުންގެ ވާހަކައެއްވެސް ނޫނެވެ. އެހެނެއްކަމަކު އެއީ ދަރަންޏެއް ނެގިފަހުން ވެސް ތަނަވަސްކަމެއް ނުލިބި، ދަރަނި ދައްކަން ނުކުޅެދިފައިވާ މީހާއަށް މުހުލަތުދިނުމެވެ. ނުވަތަ ދަރަނިން މިންވަރެއް އުނިކޮށްދިނުމެވެ. ވިޔަފާރިވެރިއަކުވެސް ބަނގުރޫޓު ވެއްޖެނަމަ، އޭނާގެ ދަރަނި އަދާކުރުމުގެ […]