މާބަނޑު ދުވަސްވަރު: އެއުފުލާ ވޭނަށް ލުޔެއް ހޯދައިދިނުމުގެ ބަދަލުގައި ފާޑު ނުކިޔަމާ!

މާބަނޑު ދުވަސްވަރަކީ ވަރަށް ތަފާތު އިހްސާސްތަކެއް ކުރެވޭ ދުވަސްވަރެކެވެ. ޚާއްސަކޮށް ފުރަތަމަ 3 މަސްދުވަހު އާދަޔާޚިލާފަށް ބަލިވެއުޅޭ މީހުން ވަރަށް ގިނަ އެވެ. ބަލިވެއިނުމުން އެހެން މީހުންގެ އެހީތެރިކަން ބޭނުންވެއެވެ. އަދި މި އެހީތެރިކަން ނުލިބޭނަމަ ދެރަވެ ހިތާމަކުރެވޭ ފަހަރުވެސް އާދެއެވެ. ބަލިވެއިނުމުން މައިމީހާގެ ހަށިގަނޑަށް އާދަޔާޚިލާފު ބަދަލުތަކެއް އާދެއެވެ. މީގެތެރޭގައި ހޮޑުލެވި ވަރުބަލިވެ ނުތެދުވެވޭ މީހުންވެސް އުޅެއެވެ. ކުޑަކުދިންތަކެއް ގޮވައިގެން އެކަނި ގޭތެރޭގެ ކަންތައްތައް ކުރަންޖެހިއްޖެނަމަ މާބަނޑުދުވަސްވަރު އެއުފުލާ ބުރަ ދެގުނަ އިތުރުވެގެންދެއެވެ. ސަބަބަކީ ހަށިގަނޑަށް […]