ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން: ތަރައްގީގެ އާ އުސްމިނަކަށް ވަނީ އަމާޒުހިފާފައި!

ޗައިނާ އަކީ ދިވެހިރާއްޖެއަށް ފަހުގެ ތާރީޚުގައި ގެނެވުނު ތަރައްގީގެ އެންމެ ބޮޑު ބައިވެރިއާއެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ވަނީ އެ ޤައުމުގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ވަނީ ކުރީގެ މެރިޓައިމް ސިލްކް ރޯޑް ޒަމާނުން ފެށިގެން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ބަހައްޓަމުން އަންނަ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އިސްނެންގެވުމުގެ މަތިން […]