ބޭނުންވަނީ މުސާރަ ބޮޑު ވަޒީފާއެއްތަ ނޫނީ ކިޔެވި ދާއިރާގެ ވަޒީފާއެއްބާ؟

ކޮންމެ މީހަކުވެސް އެންމެ ކުޑައިރުއްސުރެ "ޑްރީމް ޖޮބް" އޭ ކިޔާ އެންމެ ބޭނުންވާ ވަޒީފާއެއް އޮވެއެވެ. ސްކޫލުގައި ކިޔަވަމުންދާ ވަރަކަށް ކުރިއަށްދާން ބޭނުންވާ ދާއިރާއަށް ބަދަލު އަންނަ ކުދިންވެސް އުޅެއެވެ. އަދި ކުޑައިރުއްސުރެ އެއްދާއިރާއަކުން ކުރިއަށްދާން ނިންމާ އެ ބޭނުންވާ ދާއިރާ ނޫން އެހެން ދާއިރާއަކުން ވަޒީފާ އަދާކުރަން ބޭނުންނުވާ ޒުވާނުންވެސް އުޅެއެވެ. ހަޔާތުގެ އެކި މަރުހަލާތައް ކަޑައްތުކުރާއިރު މިޑްރީމް ޖޮބަށްވެސް ބަދަލު އާދެއެވެ. މިގޮތުން އެކީގައި އުޅޭ ރައްޓެހިންނާހުރެ ކުރިއަށްދާން ބޭނުންވާ ދާއިރާގެ ނުފޫޒުވެސް ބައެއްފަހަރު […]