އެއީވެސް ދިވެހީންނެވެ! ބާކީ ނުކޮށް އެނބުރި މުޖުތަމައަށް ގެނައުމަށް މަސައްކަތް ކުރަމާތޯ؟

ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހީން ވަނީ ގޮސްފައެވެ. މީގެތެރޭގައި އާއިލާ ގޮވައިގެން ދިޔަ މީހުންވެސް ހިމެނެއެވެ. މިފަދަ ހަނގުރާމަތަކަށް ދިއުމުގެ ވިސްނުން ގެންގުޅޭ މީހުން އަދިވެސް އެބަތިބިކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ވަޒީރު އަލީ އިހްސާން ވަނީ ރާއްޖެއިން ބޭރުގައި ކުރިއަށްގެންދާ ހަނގުރާމަތަކަށް ދިއުމުގެ ވިސްނުން ގެންގުޅޭ މީހުންގެ މައުލޫމާތު އެނގޭނަމަ އެކަން ހިއްސާކުރުމަށް އެދިފައެވެ. " ވިސްނަންޖެހޭ މިފަދަ އާއިލާތަކަށް އެފަދަ ތަންތަނަށް ގޮސް ޖެހޭ ހާލު. […]