ދިރިއުޅުމުގެ މިއާދަތަކުން ހަޖަމްކުރުމުގެ މައްސަލަ ކުރިމަތިވޭ

ހެނދުނު ނިދާ ހޭލާގޮތަށް އެނދުން ތެދުވެގެންގޮސް މޫނުދޮވެލާ ދަތް އުނގުޅާލުމަށްފަހު އަވަސްވެގަންނަނީ ނާސްތާއަށެވެ. މީގެ ބަދަލުގައި ފެންވަރާލައިގެން ނާސްތާ ނެގުމަކީ ބައެއް މީހުން ކުރާ ކަމެއް ކަމުގައިވިޔަސް އަނެއްބަޔަކު ހޭލާގޮތަށް ފެންވަރަން ބޭނުން ނުވެއެވެ. ހޭލާގޮތަށް އަދި ނިދިމޫޑުގައި ހުރެ ކަންނެތްކަންމަތީ ކޮފީ ބޯލައިގެން ނިދި ފިލުވާލަން ވަގުތުކޮޅެއް ބޭނުންވެއެވެ. އެއަށްފަހު ނާސްތާ ކެއުމަށްފަހު ދެން އަވަސްވެގަންނަނީ އޮފީހަށްދާން ނުވަތަ ސްކޫލަށް ދާންނަމަވެސް ފެންވަރާލުމަށެވެ. ކައިނިމިގެން އަވަހަށް ފެންވެރުމަކީ ސިއްހީގޮތުން އެންމެ ރައްކާތެރިކަމެއްކަމުގައި ނުވެއެވެ. މިކަމުގެ ސަބަބަކަށްވަނީ […]