މަސްތުވާތަކެއްޗާއި ފާޙިޝް ޢަމަލުތަކުން މުޖުތަމައު ސަލާމަތް ކުރެވޭނީ އީމާންކަމުގެ ޢަޤީދާ ވަރުގަދަކޮށްގެން- ހުކުރު ޚުޠުބާ

އިންސާނާގެ ހަގީގީ ކާމިޔާބީއާއި ބާއްޖަވެރިކަން ވަނީ މާތް ﷲ އަށް ފުރިހަމަ މާނައިގައި އީމާންވުމުންނެވެ. މި އީމާންކަމަކީ އިސްލާމް ދީނުގެ އަސާސެވެ. އިންސާނާއަށް ދުނިޔަވީ ހަޔާތުގެ އުފަލާއި އަރާމު އަދި އުޚުރަވީ ހަޔާތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް ހަރުދަނާ ކޮށްގެންނެވެ. މާއްދިއްޔަތުގެ ތެރެއަށްގޮސް ހުސްވެފައިވާ މިފަދަ ދުވަސްވަރެއްގައި އީމާންކަން ބަލިކަށިވެ ނުބައިމަގުން ދެވުމަކީ ވަރަށް ކައިރިކަމެކެވެ. ޙަޤީޤީ މާނައިގައި މާތް ﷲ އަށް އީމާންވުމަކީ އިންސާނާގެ ހިތުގައި އުފާވެރިކަމުގެ ޝުޢޫރުތަކާއި، ބާއްޖަވެރިކަމުގެ އިހްސާސްތައް އުފައްދާ ކަމެކެވެ. […]