ވާހަކަ: ލޭތިކި (ސާދަވަނަބައި)

މަންމަ އަށް އަދި ހަގީގަތް ނޭނގެނީއެވެ. ނަމަވެސް މަންމަ އަށް ފެނުނު މަންޒަރުން މަންމަ އަށް ވަނީ އުފާވެރިކަން ލިބިފައެވެ. ޝަރުވާން ކޮޓަރިއަށް ވަނުމުގެ ބަދަލުގައި ސިޓިންގރޫމްގައި މަޑުކޮއްލީ ގުރުއާން ކިޔަވާލާށެވެ. ކައިރީގައި ޖެހިގެން ހުރި ގޮނޑީގައި މަންމަވެސް ޚަތިމެއް ހިފައިގެން އިނެވެ. އެއީ މަންމަގެ އާދައެވެ. ފަތިސް ނަމާދު ކޮއްލައިގެން މަންމަ އަށް ނިދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އިރުގެ އަލިކަން ދުނިޔެމައްޗަށް ވެރިވަމުން ދިޔައީ އައު ދުވަހަކަށެވެ. ނިމިދިޔަ ދުވަސްތައް މަތިން ހަނދާން ނައްތާލާފައި […]