ކުއްލި ފަރުވާއަށް ބަލިމީހުން ގެނައުން އަވަސްވާން މަޖުބޫރެވެ!

ކުއްލި ފަރުވާއަށް ބަލިމީހުން މާލެ ސިޓީއަށް ގެންނަންޖެހޭ ފަހަރު މަދެއް ނޫނެވެ. އެކަމަކު މިއީ މިހާތަނަށް އެހާ ފަސޭހަކަމެއް ނޫނެވެ. ސަބަބަކީ އެއޮންނަ އުސޫލެވެ. ބަލިމީހާގެ ހާލަތު ގޯސްވެ ފުރާނައަށް ނުރައްކާވާފަހަރު އަންނައިރުވެސް އެއްކަލަ އުސޫލުގެ ތެރެއިން ކަންތައްތައް ނިންމުމުގައި ބައެއްފަހަރު ދަތިތައް ކުރިމަތިވާކަމުގެ ޝަކުވާ އަހަރުތަކެއް ކުރިން ފެށިގެން އަންނަނީ ލިބެމުންނެވެ. ރައީސް ޑރ. މުޢިއްޒުގެ ނިންމެވުން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވި އުމުރުން 13 އަހަރުގެ މުހައްމަދު ޖާހު ޚާލިދު/ ގއ. ވިލިނގިލީ، […]
ޑރ.ލީނާ: މައިންބަފައިންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ހިތްވަރާއިއެކު ކުރިއަށް

އަޅުގަނޑު، ޑރ. ލީނާ އާއި ދިމާވީ ތުއްތުކުދިން ވިއްސާ ކޮޓަރިންނެވެ. އެދުވަހުގެ އޮންކޯލް ޑޮކްޓަރުގެ ކިބައިން ފާހަގަވީ އޯގާތެރިކަމާއި އަޅާލުމެވެ. އަބަދުވެސް ހުންނަނީ ހިނިތުންވެފައެވެ. ސުވާލުތަކަށް ޖަވާބުދެނީ ނުލާހިކު ގަޔާވެގެންނެވެ. ސުވާލު ކުރާމީހާ އެސުވާލު އެހުނީތީ އުފާވާބީދައިންނެވެ. އޭޑީކޭގައި ޑޮކްޓަރެއްގެ ގޮތުގައި ފާއިތުވި 10 އަހަރު މަސައްކަތް ކުރެއްވި ޑރ. ލީނާ އާއި ގުޅޭގޮތުން ލިޔުމެއް ލިޔެލަން ޝައުގުވެރިވީ މިހެންވެއެވެ. ޑރ. ލީނާ 'ޒީޓައިމްސް' އަށް ދެއްވި ޚާއްސަ އިންޓަވިއުގައި ވަނީ ޑޮކްޓަރަކަށް ވުމަށް ކުރެއްވި ދަތުރުގެ […]