މޫނުން ހަންފޮޅޭނަމަ ގޭގައި ދެވިދާނެ ފަރުވާ

މޫނުން ހަންފޮޅި ހިރުވާކަހަލަ ކަންކަން ދިމާވާނަމަ ކަންބޮޑުވެއެވެ. އަވީގައި އުޅުމުގެ ސަބަބުންވެސް ހަންގަނޑު ހަލާކުވެއެވެ. ހަންގަނޑު ހަލާކުވުމުން ހިރުވައި ރަތްވެއެވެ. އަދި ފިއްނަގާފައި ހުންނަހެން ދުޅަވެފައިވެސް ހުރެއެވެ. މިހެންވުމުން ވަރަށް ތަދުވެސް ވެއެވެ. ހަންގަނޑު ހަލާކުވާވަރަށް ހިރުވުމުގެ ސަބަބުން ލޭއައިސް ބެކްޓީރިއާ އުފެދިގެންވެސް ހިގައިދާނެއެވެ. މިކަހަލަ ކަންކަމުގައި ގޭގައި ދެވިދާނެ ބައެއް ފަރުވާތައް ހިއްސާކޮށްލާނަމެވެ. އެލޯވެރާ އެލޯވެރާއަކީ ހަންގަނޑު ފިނިކޮށްދީ ކެހުންވެސް ދަށްކޮށްދޭ އެއްޗެކެވެ. އެލޯވެރާ ހާކާލުމަށްފަހު 20 މިނިޓް ވަންދެން ބަހައްޓާށެވެ. އެއަށްފަހު އައިސްފެންފޮދަކުން މޫނު […]