މާލެ ސިޓީކައުންސިލުގެ ބައި އިލެކްޝަން ކާމިޔާބުކުރެއްވި މޭޔަރ އަދި ކައުންސިލް މެންބަރުން ހުވައިކުރެއްވުމުގެ ރަސްމިއްޔާތު

މާލެ އާއި ރަސްމާލެ ގުޅުވައިލަނީ ކަނޑު އަޑިން އަޅާ ޓަނަލަކުން – ރައީސް ޑރ. މުޢިއްޒު

ގެދޮރުގެ ދަތިކަން ހައްލުކުރުމަށް އައު ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަސައްކަތަކީ ރަސްމާލެ ހިއްކާ އެތަން ތަރައްގީކުރުމެވެ. ވިލިމާލެ އާއި ގުޅީފަޅު، ބުރިޖަކުން މާލެ އާއި ގުޅާލުމުގެ މަސައްކަތް ކުރަމުން އަންނައިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވީ ވަރަށް ތަފާތު ޚަބަރެކެވެ. މާލެ އާއި ރަސްމާލެ ކަނޑު އަޑިން އަޅާ ޓަނަލަކުން ގުޅުވާލައްވާނެ ކަމަށް ރައީސް ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރު (ބައި-އިލެކްޝަން)ގެ މޭޔަރ އަދި ކައުންސިލް މެންބަރުން ހުވައިކުރެއްވުމުގެ ދަރުބާރުގައި […]