ވާހަކަ: ލޭތިކި (ފަނަރަވަނަބައި)

އެމީހުން ވާހަކައިގައި ތިއްބާ ބޭރުން މީހަކު ހިނގާ އަޑަށް މަންމަ އަވަސް އަވަހަށް ދޮރު ހުޅުވައި ބޭރު ބަލައިލިއެވެ. އަދި ޝަރުވާނާއި ދިމާލަށް އެނބުރިލާފައި އަވަހަށް ކޮޓަރިއަށް ވަނުމަށް އެދުނެވެ. ޝަރުވާން ހިތް ބިރުގަތެވެ. އެމީހަކަށް ސުވައިދާ ފެނިދާނެތީއެވެ. ނަމަވެސް ބިރަށް ވުރެ ހިތުގައި އުފެދެމުން ދިޔައީ އުފާވެރިކަމުގެ އިހުސާސް ތަކެކެވެ. މިރޭ މަންމަގެ ހަރަކާތް ހުރި ގޮތުން ސުވައިދާ ދެކެ މަންމަ ގަބޫލުހެން ހީވާތީއެވެ. "ކީއްކުރަން މިގަޑީގައި" ޝަރުވާންގެ މަންމަ ބޭރުން އައި މީހާ އާއި […]