މައުލޫމާތު: އާދަޔާޚިލާފަށް ރީތި ދެލައްހިކާ

މިއީ ރާއްޖޭގެ ފަޅުތަކުގެ ބޭރުން އާންމުކޮށް 40 މީޓަރު ފުން ތަންތަނުގައި ދިރިލުޅޭ މަދުން ފެންނަ ބާވަތެއްގެ މަހެކެވެ. މި ވައްތަރުގެ ދެލައްހިކާ އެންމެ ބޮޑުވަނީ 10 ސެންޓިމީޓަރަށެވެ. ކުދި ކަކުނިތައް އާންމުކޮށް ކައިއުޅޭ  މިވައްތަރުގެ މަހުގެ ބުރަކަށިމަތީ ކޮތަރި ބައިގައި 12 ހަރުކައްޓާއެކު 9 ނޫނީ 10 މަޑުކަށި ހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 12 މަޑުކަށި ހުރެއެވެ. މިވައްތަރުގެ މަހުގެ ކަރުތާފަތުގެ މަތީ ކަނުގައި ކަޅުކުލައިގެ ލަފެއް ހުރެއެވެ. އަދި ނިގޫފަތުގެ ތިރީގައި […]