އެވޭލާ ވާހަކަ: ކަރުނައިގެ އަގު

ހާސްކަމާއި ހިތްދަތި ދުނިޔެއެއް އޭނާ ހޭދަކުރަމުންދަނީ ރުއިމާއި ހިތާމަ ތަކުގައެވެ. ހިތަށްއަރާ ކޮންމެ އެއްޗެއްގައި ވަނީ ގިސްލުމާއި ކަރުނައެވެ. ވޭނާއި ހިތާމައެވެ. އެކުވެރި މައުސޫމް އަހަރެން ހިތްހަމަ ޖައްސާލުމަށްޓަކައި ނަސޭހަތާއި ހެޔޮބަސްތައް އިއްވަމުން ދެއެވެ. ނަމަވެސް އޮހޮރެމުންދާ ކަރުނައަކަށް ހުއްޓުމެއް ނާދެއެވެ. ދުވަހަކަށްފަހު ދުވަހެއް ދަނީ ހިތާމަތައް ބޮޑުވަމުންނެވެ. ދިރިދުނިޔޭގައި ހުރުމަށް ސަބަބުތަކެއްވެއެވެ. އެހެންވުމުން އެސަބަބުތަކުގެ ތެރެއިން އެއްސަބަބަކީ މައުސޫމުގެ އޯގާތެރިކަމަށް ވުންވެސް ވެދާނެއެވެ. ނަމަވެސް އަހަރެންގެ ލޮލުން ފޭދެމުންދާ ކަރުނަތަކަކަށް ލުޔެއް ނުލިބެއެވެ. ގިސްލަގިސްލާފަ ނަޒީރު […]