ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ނުދެވިހުރި ފައިސާ ހަމަޖައްސާނަން- ރައީސް
އައު ސަރުކާރު އައިއިރު މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ މަސްކިރުމަށްފަހު ލިބެންޖެހޭ ފައިސާ ނުލިބި ހުރުމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަނެއްހައި ރުފިޔާ ހަވާލުނުކޮށް ހުރިއިރު، ދެފަހަރެއްގެ މަތިން 200 މިލިއަން ރުފިޔާ މަސްވެރިންނަށް ހަވާލުކުރައްވާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އަދިވެސް މަސްވެރިންނަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދެވި ހުރިކަން ފާހަގަކުރެއްވިއެވެ. ރައީސް މިގޮތަށް ވިދާޅުވީ އާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން […]