އެންމެ މަތިވެރި ޝަފާޢަތް

މާތްﷲ ޞުބުޙާނަހޫ ވަތަޢާލާ އިންސާނިއްޔަތަށް ތެދުމަގު ދެއްކެވުމަށް ފޮނުއްވި ނަބީބޭކަލުންނަށް އިޖާބަކުރެއްވިގެންވާ ޚާއްޞަ ދުޢާއެއް ވަނީ ދެއްވަވާފައެވެ. އެބޭކަލުންގެ ތެރެއިން މުޙައްމަދު ﷺ ފިޔަވައި ކޮންމެ ބޭކަލަކުވެސް އެބޭކަލަކަށް ދެއްވިގެންވާ ދުޢާ އާމެދު އަވަސްވެވަޑައިގެން ﷲގެ ޙަޟްރަތަށް އެދުޢާ ވަނީ ދަންނަވާފައެވެ. އަދި ﷲ ޞުބުޙާނަހޫ ވަތަޢާލާ އެއިން ކޮންމެ ބޭކަލެއްގެ ދުޢާ ވަނީ އިޖާބަކޮށްދެއްވާފައެވެ. ރަސޫލު ﷺ ޙަދީޘްކުރައްވަނީ: " لِكُلِّ نَبِيٌ دَعْوَةٌ مُسْتَجَابَة‘ فَتَعَجَّلَ كُلُّ نَبِيّ دَعْوَتَهُ‘ وَإِنِّي إِخْتَبَأْت دَعْوَتِى […]