އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގައި ފެނިވަޑައިގަތް ޢަޛާބުގެ މަންޒަރުތައް - ހުކުރު ޚުތުބާ

އިސްރާއާއި މިޢުރާޖުގެ މަތިވެރި ހާދިސާއަކީ މާތްﷲ ކީރިތި ރަސޫލާ އަށް ދެއްކެވި މުޢުޖިޒާތެކެވެ. މުސްލިމުންނަށް ކުރިމަތި ކުރެއްވި ބޮޑު އިމްތިހާނެކެވެ. އިސްރާގެ ހާދިސާއަކީ ހިނގާފައިވާ ކަމެއްކަން ކީރިތި ޤުރްއާނުގެ ނައްޞުން ސާބިތުވެއެވެ. އިސްރާއަކީ މި ބިންމަތީގައި ހިނގި ހާދިސާއެކެވެ. ރޭގަނޑުން ބައެއްގައި މާތް ﷲ މާތްކުރައްވާފައިވާ މައްކާގެ އަލްމަސްޖިދުލް ޙަރާމުން ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައިވާ އަލްމަސްޖިދުލް އަޤްސާއަށް އެކަލާނގެ ކީރިތި ރަސޫލާ ﷺ ގެންދެވި ދަތުރުފުޅެވެ. މިޢުރާޖަކީ ބައިތުލްމަޤްދިސްގައިވާ އަލްމަސްޖިދުލް އަޤްސާއިން ހަތްވަނަ އުޑުގެ މައްޗަށް ކީރިތި ރަސޫލާ […]