ޝަހީދުންގެ ދުވަސް: ޤައުމަށް ތެދުވެރިވެ ދީނަށް ޙުރުމަތްތެރިކޮށް ހިތާ ދައުލަތަށް ވަފާތެރިވާށެވެ!

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޚިޠާބުގައި ވިދާޅުވީ އަޅުގަނޑުމެންގެ ކާބަފައިން ޕޯޗުގީޒުގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކޮށްފި ކަމަށެވެ. އަދި އަޅުގަނޑުމެންގެ ކާބަފައިން ބޭރުގެ ބާރަކަށް ނަފާލިބޭ ގޮތަށް ކަޅުމުހައްމަދު ރަސްގެފާނު ދޫކުރެއްވި ކިނަޅޮހާއި އެހެން ރަށްރަށް އަލުން ދިވެހީންނަށް ހޯދައިދިން ކަމަށެވެ. " އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ސަރުކާރުން ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދާނަން. ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއްކަމުގައި ހަދާނަން. އަދުގެ […]
ޝަހުސިއްޔަތެއް ބިނާކުރުމުގައި ވަގުތައް ކަމޭހިތުމުގެ މުހިއްމުކަން!

ކޮންމެ ކަމެއްވެސް ހާސިލުކުރުމަށް އެންމެ ފައިދާ ބޮޑު ގޮތަކީ އެކަމެއްގެ ވަގުތުގައި އެކަންކުރުން ކަމަށް ގިނަ ތަޖުރިބާ ކާރުން އެއްބަސްވެއެވެ. އެހެނީ މާތް ވެގެންވާ އިސްލާމްދީން އަހަރެމެންނަށް ދަސްކޮށްދިން އެންމެ މުހިއްމު ދަރުހަކީ ވަގުތު ބޭކާރު ނުކުރުމެވެ. އިސްލާމީ ރިވެތި އުސޫލަކީ ކޮންމެ ކަމެއްވެސް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ކުރުމެވެ. ކާމިޔާބީ ހާސިލުވުން އޮތީ އިސްލާމީ ރިވެތި އުސޫލުތަކަށް ތަބާވެގެންނެވެ. ތިމާގެ ނަފްސު ރަނގަޅު މިންގަނޑެއްގެ ތެރޭގައި ހިފެހެއްޓުމަކީ ވަރަށް ވެސް ބޮޑު ޖިހާދެކެވެ. އެހެނީ އިންސާނާގެ […]