ހެލްތް އެންޑް ވެލްނެސް އެކްސްޕޯ 2024

ދިވެހިރާއްޖޭގައި ބާއްވާ ހެލްތް އެގްޒިބިޝަން "ހެލްތް އެންޑް ވެލްނެސް އެކްސްޕޯ 2024" އަންނަ އޭޕްރީލް މަހު 18، 19، 20 މިތިން ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި މި އެގްޒިބިޝަން ބާއްވަނީ މައު ހޯލްޑިންގ، އެމްވީ މެޑިކަލްސް އަދި ސޯލްޓް ވޯޓާ ގުޅިގެންނެވެ. ހެލްތް އެންޑް ވެލްނެސް އެކްސްޕޯގެ އަމާޒަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި މި ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީއާއި ޚިދުމަތްތައް ދޭނެގޮތްތަކަށް ވިޔަފާރިތައް އަހުލުވެރިކުރުވުމާއި އެފަދަ ޚިދުމަތްތައް ލިބިގަނެވޭނެ […]
ފޮޓޯ: އިންވެސްޓް މޯލްޑިވްސް 2024

ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންވެސްޓަރުންނާއި ވިޔަފާރިވެރިން އެއްތަނަކުން ބައްދަލުވުމުގެ މަގުސަދުގައި ދުބާއީގައި ބޭއްވި އިންވެސްޓް މޯލްޑިވްސް 2024 ފޯރަމަކީ ދިވެހިރާއްޖޭގައި ހުރި ތަފާތު އިންވެސްޓްމަންޓް ފުރުސަތުތައް ދައްކުވައިދޭ ފޯރަމެކެވެ. މިއީ އިންވެސްޓް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގުޅިގެން ބޭއްވި ފޯރަމެކެވެ. މި ފޯރަމްގައި، ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގެ އިތުރުން، ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ޚާއްޞަ ފުރުޞަތުތައް ދައްކާލުމަށް ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލުން އޮތެވެ.