އުފެއްދުންތެރި ދުވަހަކަށް އެންމެ މުހިންމީ ދުޅަހެޔޮ ފެށުމެއް!

ގިނަ ސިއްޙީ މާހިރުންނާއި ޑައިޓީޝަނުން ލަފާ ދެއްވާ ގޮތުގައި ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިއްމު ކެއުމެވެ. އަދި މުޅިދުވަހުގެ ޙަރަކާތްތައް ރަނގަޅަށް ފެށުމަށް ހެނދުނުގެ ނާސްތާގައި ފައިދާހުރި ކާނާ ބޭނުން ކުރުމަކީ މުހިއްމު ކަމެކެވެ. ނަމަވެސް ދިރިއުޅުމުގެ އާދަތައް ހުންނަގޮތުން މިއީ އެންމެ ގިނަ ބަޔަކަށް ދޫކޮށްލެވޭ ކެއުމެވެ. މި ހިމަނާލަނީ ބުރަކޮށް އުޅެމުންވެސް ހެނދުނުގެ ނާސްތާގައި ބޭނުންކުރަން ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ހަށިގަނޑަށް ފައިދާހުރި ކެއުންތަކެވެ. ދޮންކެޔޮ ބޭނުން ކުރުން: ދޮންކޭލަކީ ހިތުގެ ބަލިތަކުން […]
ފޮޓޯ: ޝަހީދުންގެ ދުވަސް ފާހަގަކުރުން

ޅަދަރިންގެ ހިތްތަކުގައި ޤައުމަށް އޮތް ލޯބި އާލާކުރުމަކީ މިނިވަންކަމަށްޓަކައި ކޮށްދެވޭނެ މަތިވެރި ޚިދުމަތެއް- ނައިބު ރައީސް

ކޮންމެ ދިވެހި ދަރިއަކުވެސް ވަފާތެރިކަމާއި އަމާނާތްތެރިކަމާއެކު ދީނާއި ޤައުމަށް ޚިދުމަތްކުރުމަކީ ލިބޭ އުފަލެއްކަމުގައި ހަދަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ ވިދާޅުވެފައެވެ. ނައިބު ރައީސް މިގޮތަށް ވިދާޅުވީ ޝަހީދުންގެ ދުވަހުސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ދިވެހި ފަސްގަނޑުގެ ދިފާއުގައި ޖިހާދުކުރެއްވި އެންމެހާ އަބުޠާލުންގެ ޖިހާދުން މުހިންމު ދަރުސްތަކެއް ލިބިގެންދާކަމަށާއި އެގޮތުން ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ ދީނާއި ޤައުމުގެ މަސްލަހަތު އިސްކުރުމާއި ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި […]