މުސްލިމުންނަކީ ހަމައެކަނި ބޭރުފުށުން އިސްލާމްކަން ފާޅުކޮށްގެން އުޅެންޖެހޭ ބައެއް ނޫން – ހުކުރު ޚުޠުބާ

ޝަޢުބާންމަހުގެ ހަނދު ފެނުމާއެކު ކޮންމެ މުސްލިމެއްގެ ހިތަށް ވެރިވާނީ ރޯދައިގެ މަތިވެރިކަމާއި، ރޭއަޅުކަމާއި ޤުރްއާން ކިޔެވުމާއި އިޢުތިކާފު ކުރުމާއި ހެޔޮޢަމަލުތަކެވެ. ސަވާބާއި ރަޙްމަތުން ފުރިގެންވާ މަހަކަށް އެމަސް ވާތީއެވެ. އެއީ ރޯދައިގެ މަތިވެރި އަޅުކަމުގެ ސަބަބުން ޝައިޠާނާގެ ކަސްތަޅުތަކުން ތިމާ ސަލާމަތްވުމަށާއި ހަވާނަފްސުގެ އެދުންތަކުން ނަޖާވެ، ވަހުމްތަކާއި ވަސްވާސްތަކާއި ދުރުހެލިވެ ސީދާ ވުމަށް ލިބޭ އަގުހުރި ފުރުސަތަކަށް ވާތީއެވެ. ސިއްޙީ ގޮތުންނާއި އުމުރުގެ ގޮތުން އެކިމީހުންގެ ހާލަތު ތަފާތެވެ. އެހެންކަމުން ހަނދާން ބަހައްޓަންވީ ކަމަކީ އެމީހަކަށް ކުޅަދާނަވީ […]