ފޮޓޯ: އިސްރަށްވެހިންގެ ނާދީ ހުޅުވުމުގެ ރަސްމިއްޔާތު

އިސްރަށްވެހިންގެ ނާދީ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ. މިއީ ސަރުކާރުގެ ހަފްތާ 14ގެ ތެރޭގައި ހިމެނޭ އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާއީ މަރުކަޒުތަކެއް ބިނާކުރުމުގެ މަޝްރޫއުގެ ތެރެއިން ބިނާކުރެވުނު ފުރަތަމަ މަރުކަޒެވެ. މިމަރުކަޒު ހުންނަނީ ކުރީގެ، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުންނާއި ބައެއް އިސްރަށްވެހިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ވާހަކަ: ލޭތިކި (އަށާރަވަނަބައި)

އެހެން ރޭރޭ ގޮތަށް އިރުއޮއްސެން ގާތްވި ވަރަކަށް ޝަރުވާންގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ސުވައިދާ އަންނަންވާއިރަށް ނަލަ ހެދިލައިގެން ގޭތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. މަންމަވެސް އިރުއިރުކޮޅާ ކޮޓަރިން ނިކުމެ ސުވައިދާ އައިތޯ ޝަރުވާންގެ ގާތުން އަހައިލައެވެ. ޝަރުވާންވެސް ހުރީ ސުވައިދާގެ އިންތިޒާރުގައެވެ. މަންމަ އުޅެމުން ދިޔަގޮތުން ހީވަނީ ކޮންމެވެސް ކަމަކާއި ފިކުރުބޮޑުވެގެން އުޅޭހެންނެވެ. ދިގު އިންތިޒާރުގެ ނިމުން އައީ ގަޑިން އަށެއްވެސް ޖެހިފަހުންނެވެ. ޝަރުވާނާއި މަންމަ ސުވައިދާގެ އިންތިޒާރުގައި ތިއްބާ ވަރަށް ހެވިލާފައި […]