ފަލަސްތީނުގެ އާދޭސް: ރުއިމުގެ އަޑު ނީވެނީ ކޮންފަދަ ގިލަންވެރިކަމެއް ޖެހިގެން ހެއްޔެވެ؟

ތިބާގެ ހިތްވަނީ ހަރުވެ ހިލަވެފައެވެ. އެއްވެސް ދިރުމެއް ތިޔަ ހިތަކުނެތެވެ. ކިލަނބުވެ ހިތުގެ އަލިކަން ފިލައި ދިޔައީ ކޮންއިރަކު ހެއްޔެވެ. އަހަރެންގެ ރުއިމުގެ އަޑު ތިބާ އަށް ނީވެނީ ކަންފަތަށް ކޮންފަދަ ގިލަންވެރިކަމެއް ޖެހިގެން ހެއްޔެވެ. ވޭނީ އުދާހުގެ ކަނޑެއްގައި އަހަރެން ކަރުނަ އޮހޮރާތާ ހަތްދިހައަހަރަށް ވުރެން ގިނަވީއެވެ. އަހަރެންގެ ހަށިގަނޑުގެ ހުރިހާ ގުނަވަނެއް ބުރިކޮށް ހުނިލީ މަހަށް ހަދަމުން ދާތަން ތިބާ އަށް ނުފެންނަނީ ހެއްޔެވެ. އަހަރެންގެ ލެއިން އުފަންކުރި ހުރިހާ ދަރިންނެއް ބިކަވެ މަގުތަކުގެ […]