އެޕަލްސިޑަރ ވިނެގަރ ބޭނުންތެރި އެތައް ފައިދާތަކެއް ލިބިދޭ

އެޕަލްސިޑަަރ ވިނެގަރއޭ ބުނުމުން އައު އެއްޗަކަށް ނުވެދާނެއެވެ. އެކި ކަންކަމަށް ބޭނުންކޮށްއުޅޭ އެޕަލްސިޑަރ ވިނެގަރ އަކީ ސިއްހީގޮތުން ކިހާ މުހިއްމު އެއްޗެއްބާއޭ ހިތަށްއަރައެވެ. އެޕަލްސިޑަރ ވިނެގަރ އަކީ އާފަލު ޖޫހުން އުފައްދާ އެއްޗެކެވެ. ކެއްކުމާއި ޑްރެސިންއަށާއި މެރިނޭޓް ކުރުމަށްވެސް އެޕަލްސިޑަރ ވިނެގަރ ބޭނުންކުރެއެވެ. އަދި ބައެއްކަހަލަ ހަކީމީ ބޭހާއި އެހެނިހެން ކަންކަމަށްވެސް އެޕަލްސިޑަރ ވިނެގަރ ބޭނުންކުރެއެވެ. މީގައިން ލިބޭ ސިއްހީ ފައިދާތައްވެސް ވަރަށް ގިނައެވެ. ބްލަޑް ޝުގަރ ލެވެލް ދަށްކޮށްދޭ ހަކުރުބަލި ހުންނަ މީހުންގެތެރޭގައި ހެދި ދިރާސާއަކުން […]