"ޓޭކް އޮފް 2024" ގެ ނަމުގައި އެމްއޭސީއެލްއިން ބާއްވާ ފޯރަމް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން "ޓޭކް އޮފް 2024" ގެ ނަމުގައި ފޯރަމެއް މިއަދު ވަނީ ފަށައިފައެވެ. ކްރޮސްރޯޑްސް ގައި ދެ ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ފޯރަމްގެ މައިގަނޑު މަގުސަދަކީ އެމް.އޭ.ސީ.އެލްގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތް އެއްމިސްރާބަކަށް ގެންދިއުމަށާއި އަދި މިއަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހިއްސާކޮށް އެކަންކަން ހާސިލުކުރުމަށް އެކުގައި މަސައްކަތް ކުރުމެވެ. މި ފޯރަމްގައި އެމް.އޭ.ސީ.އެލްގެ މެނޭޖިން ޑައިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން ޑެޕިއުޓީ މެނޭޖިން […]