ވާހަކަ: ލޭތިކި (ނަވާރަވަނަ ބައި)

ހަމީދާގެ އުނދަގޫ ބޮޑުވީ ކީއްވެގެން ކަމެއް ސުވައިދާއަކަށް ނޭގެއެވެ. ނަމަވެސް އެކަންތައް އޮޅުން ފިލުވަން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް މިރެއަކީ ކައިވެނީގެ ފުރަތަމަ ރެއެވެ. އެއްވެސް ވަރަކަށް ޝަރުވާން ހިތްހަމަނުޖެހޭ ކަމެއް ކުރާކަށް ސުވައިދާ ބޭނުމެއް ނޫނެވެ. އެހެންކަމުން އެއްވެސް ސުވާލެއް ނުކޮށް ގޮސް ކޮޓަރިއަށް ވަނެވެ. މޫނުމަތިން އުފާވެރިކަން ފެންނަމުން ދިޔައެވެ. ސުވައިދާމެން ތިބީ ވަރަށް ވަރުބަލިވެފައެވެ. ނަސީބަކުން ކައިވެނީގެ ހަފްލާ ނިމިގެން އެތަން ސާފުކުރުމުގެ ކަންތަކާއި ހަވާލުވެ އިސްކޮށް އުޅުނީ ޝަރުވާންގެ މަންމައެވެ. "ކިހިނެއްވެގެން […]