ކުޑަކުދިންގެ އުޅުމަށް ބަދަލުއައިސް ރުޅިގަދަވާ ފަހަރު ކަންކުރަންވީ ކިހިނެއް؟

ކުޑަކުދިން ގެންގުޅުމުގައި ސަމާލުކަންދޭންޖެހޭ ވަރަށް ގިނަ ކަންތައްތައް ހުރެއެވެ. ބައެއް ފަހަރު އެކުދިންގެ އުމުރާއި އެކުދިން ބޮޑެތިވާ މާހައުލުގެ ގޮތުން ދިމާވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަންނަން އުދަގޫވާ ހާލަތްތައް ހުރެއެވެ. އާއްމުގޮތެއްގައި ކުޑަކުދިންނަކީ ހަމަނިދި ނުލިބި ނުވަތަ ނިދާ ގަޑި ބަދަލުވުމުންވެސް ބަދަލުތައް އަންނަ ކުދިންނެވެ. ނިދާތަން ބަދަލުވުމާއި މާހައުލު ބަދަލުވުމުންވެސް ކުދިންގެ އުޅުމަށް ބަދަލުތައް އާދެއެވެ. ކުޑަކުދިންނަކީ އެހާ ފަސޭހައިން ކަންކަމަށް ހޭނޭ ކުދިންނެއް ނޫނެވެ. މާބޮޑަށް ބަނޑުހައިވެގެން ނޫނީ ކާންދޭ ގަޑީގައި ކާން ނުދީފިނަމަވެސް […]