ރ.އަތޮޅުގެ "ފުޓްސަލް ކިންގް" ޝަންޓޭގެ ވިދުން

މިހާރު ކުރިއަށްދާ ސޮނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ މުބާރާތުގެ ތެރެއިން ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ރ.ދުވާފަރު ޓީމުގެ 30 ނަމްބަރު ޖަރޒީގައި ކުޅެމުން އައި މުޙައްމަދު އިޝާން (ޝަންޓޭ) އެވެ. އޭނާގެ ކޮއްޓުމާއި ނެއްޓުމުގެ ހުނަރެވެ. އޭނާގެ ކިބައިގައި ހުރި ފުޓްބޯޅައިގެ ހުނަރު ފަސޭހައިން ފާހަގަކުރެވުނެވެ. އެއީ އުމުރުން އެންމެ 21 އަހަރުގެ ކުޅުންތެރިއެކެވެ. ޒުވާން ކުޅުންތެރިޔާ އިތުބާރާއި، ހުނަރުވެރިކަމާއެކު ދައްކަމުންދިޔަ މޮޅު ކުޅުން ވެގެންދިޔައީ ފުޓްސަލްއަށް ލޯބިކުރާ ފަރާތްތަކަށް ޝައުޤުވެރި ހަރަކާތްތަކަކަށެވެ. […]