ވާހަކަ: ލޭތިކި (ވިހިވަނަބައި)

އެމީހުންގެ ވާހަކައިގައި ތިއްބާ ޝަރުވާންގެ މަންމަ އައިސް ކޮޓަރީގެ ދޮރުގައި ޓަކި ޖަހަންފެށިއެވެ. ޝަރުވާން ބިރުން ތުރުތުރުލާން ފަށައިފިއެވެ. ވެގެން މިއުޅޭ ކަންތައް މަންމައަށް އެނގިއްޖެއްޔާ ކަންތައް ވާނެ ގޮތަކާއި މެދު ބިރުގަންނަނީއެވެ. އެންމެފަހުން ޝަރުވާން ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި މަންމަ ވަރަށް ހާސްވެފައި ހުއްޓެވެ. "ކިހިނެއްވެގެން މިއުޅެނީ" ޝަރުވާން ފެނުމާއިއެކު މަންމަ ފުރަތަމަވެސް ކުރީ ސުވާލެވެ. "ކިހިނެއްވީ. ކަމެއް ވެއްޖެތަ" ޝަރުވާން ނޭނގޭ ކަމަށް ހެދުނެވެ. "އެއުޅެނީނު ހަމީދާ މަރާލައިގެން. ޔަގީން އެއީ އިންސާނެއްގެ […]