އަބަދު ކޫސަނި އެއްޗެހި ކާހިތްވާނަމަ ކުރަންވީ ކޮންކަމެއް؟

ބައެއް މީހުންނަށް ސްނެކްސް ނުވަތަ ކޫސަނި ކެއުން ކާލުމުން އެލިބޭ ހިތްހަމަޖެހުން ވަރަށް ބޮޑެވެ. އަބަދުވެސް ކޮންމެވެސް އެއްޗެއް ކާހިތުން އުޅެންޖެހޭ ހާލަތްތައް އާދެއެވެ. މިއީ އަށަގަނެފައި ހުރި ވަރަށް ގޯސް އަދި ފިލުވަން އުދަގޫ އާދައަކަށް ވެގެންދެއެވެ. މިއީ ސިއްހީގޮތުން ގިނަގުނަ ގެއްލުންވާ ކަމެއްކަން އެގިހުރެވެސް ކަނޑުވާނުލެވޭ ކަމެކެވެ. މީގެ ތެރޭގައި "ޖަންކް ފުޑް" ވެސް ހިމެނެއެވެ. މިކަހަލަ ކާނާގެ ސަބަބުން ހަށިގަނޑުގެ ބަރުދަން އިތުރުވުމާއި "ބޭޑް ކޮލެސްޓްރޯލް" އަށަގަނެއެވެ. އަދި ޚާއްސަކޮށް ޑައިބެޓިކްސް ޓައިޕް […]