ސަލްމާ: ނުކުޅެދޭ ދެކުދިންނާއިއެކު ދައްކަމުން ދަނީ ލާމަސީލު މިސާލެއް!

މައިންނަކީ ތަފާތު ކުލުނެއް އެބައެއްގެ ހިތުގައި އަށަގަނެފައިވާ ބައެއްކަން ހާމަވެގެންދަނީ އެމައިން ދަރިންނަށްޓަކައި ކުރާ މަސައްކަތްތަކާއި ތަހަންމަލު ކުރާ ޤުރުބާނީއިންނެވެ. މިފަހަރު 'ޒީޓައިމްސް'ގެ ނަޒަރުހިންގާލީ މިފަދަ މަޔަކަށެވެ. މާލެ އަށް އުފަން ސަލްމާ ޢަލީއެވެ. ނުކުޅެދޭ ދެފިރިހެން ދަރިންގެ މަންމައަށެވެ. ގިނަބަޔަކަށް ސަލްމާ ނަމުން ނޭގުނަސް ފެނިފައި ހުރުން އެކަށީގެންވެއެވެ. އެއީ މީގެ އަހަރުތަކެއް ކުރިން ބޯވާރޭގައި ނުކުޅެދޭ ދަރިފުޅާއިއެކު ވާރޭތެރޭ ގޮނޑިކޮށްޕަމުން ދިޔަ ފޮޓޯއިންނެވެ. އަޅުގަނޑަށްވެސް އަޅައިގަތީ މި ފޮޓޯއެވެ. އިތުރަށް ދިރިއުޅުމުގެ ޙާލަތު ބަލާލާހިތްވީ […]