ޤާނޫނަށް އިސްލާހު ގެނެސް މީރާ އަށް ލިބޭ އާމްދަނީގެ ވަކި ބައެއް ކައުންސިލްތަކަށް ލިބޭނެގޮތް ހަދާނަން- ރައީސުލްޖުމްހޫރިއްޔާ

ސަރުކާރުން މަސައްކަތްކުރަނީ ކައުންސިލުތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި އަދި އާމްދަނީގެ ގޮތުގައި އިތުރަށް ފައިސާ ލިބޭނެގޮތް ފަހިކޮށްދެއްވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ޤާނޫނަށް އިސްލާހު ގެނެސް މީރާއަށް ލިބޭ އާމްދަނީގެ ވަކި ބައެއް ސީދާ ކައުންސިލްތަކަށް ލިބޭނެގޮތް ހަދައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ގުރައިދުއަށް ވަޑައިގެން އެރަށުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މައި ސަރުކާރުގެ […]
ދުނިޔޭގެ އެންމެ އަގުބޮޑު މޭވާގެ އަގު އެނގޭތަ؟

މޭވާއަކީ އާއްމުކޮށް ލިބެން ހުންނަ އެއްޗެކެވެ. ބައެއް މޭވާ އަކީ ރާއްޖޭގައި ހައްދައިގެން ކެވޭ މޭވާ އެވެ. އެހެންނަމަވެސް ބައެއްކަހަލަ މޭވާތަކަކީ ރާއްޖެއަށް ގެންނަ އަގުބޮޑުކޮށް ގަންނަން ލިބޭ މޭވާއެެވެ. އޭގެތެރެއިންވެސް ބައެއް މޭވާއަކީ އަތްފޯރާފަށުގައި ލިބެން ނުހުންނަ މޭވާއެވެ. ބައެއް ވައްތަރުގެ މޭބިސްކަދުރު، ކިވީ ސްޓޯބެރީވެސް ހިމެނެއެވެ. ދައްކަން މިއުޅެނީ ދުނިޔޭގެ އެންމެ އަގުބޮޑު މޭވާގެ ތެރޭގައި ހުންނަ އަގުގެ ގޮތުން ހިތަށްވެސް ނުގެނެވޭ އަގުގައި ހުންނަ މޭވާގެ ވާހަކައެވެ. މިމޭވާތަކަކީ ވަކި ގައުމުތަކަށް ނިސްބަތްވާ […]