ވާހަކަ: ލޭތިކި (އެކާވީސްވަނަބައި)

ޝަރުވާންގެ ވާހަކަތަކަށް މަންމަގެ އެއްވެސް ޖަވާބެއް ނުލިބުނެވެ. ޝަރުވާން ބޭނުންވީ ކޮންމެ ގޮތެއް ހަދައިފައި ނަމަވެސް އޭނާގެ އަނބިމީހާ ސަލާމަތް ކުރާށެވެ. ނަމަވެސް މަންމަގެ ޚިޔާލު ވަރަށް ތަފާތެވެ. މަންމަ ބޭނުންވަނީ މިކަމުން މުޅި ރަށް ސަލާމަތް ކުރާށެވެ. މަންމަގެ ކުރިމަތީގައި ހިނގައިދިޔައީ ގަބޫލު ކުރެވޭނެ މަންޒަރެއް ނޫނެވެ. އެކަމާއި ދެމީހުންގެ މެދުގައި ހޫނު ބަހުސެއް ހިނގުމަށްފަހު މަންމަ ކޮޓަރިއަށް ވަނެވެ. ޝަރުވާންވެސް ދިޔައީ ކޮޓަރިއަށެވެ. ކޮޓަރީގެ ފަނޑު އަލިކަމުގެ ތެރެއިން ސުވައިދާ ފެނުނެވެ. އެނދުގައި އޮށޯވެލައިގެން […]