ފޮޓޯ: ދޮންއަދަރާދަ ހިނގުން ހުޅުވުން

ރޯދަމަހުގެ ކުރިން މާލޭގެ ޓްރެފިކަށް ލުޔެއް ހޯދައިދިނުމަށް އަޒުމް ކަނޑައަޅައި ދޮންއަދަރާދަ ހިނގުން އާންމުކޮށް ބޭނުންކުރެވޭގޮތަށް ހުޅުވުމުގެ މަސައްކަތް ފެށީ މިދިޔަ ޑިސެންބަރުގެ 17 ވަނަ ދުވަހުގަ އެވެ. މާލޭގެ އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑަށް ކޭޓާ ކުރުމަށްޓަކައި، އިތުރު ކެޕޭސިޓީ ބިލްޑް ކުރުމަށް ހިންގަން އޭރު ރާވާފައިވާ ފޯތް ޕަވަރ ޕްރޮޖެކްޓް ފެށުން ލަސްވެ، އެކަމަށް ހައްލެއް ހޯދުމަށްޓަކައި، ސްޓެލްކޯގެ ކޮމްޕައުންޑާއި އިންވެގެން އޮތް ދޮންއަދަރާދަ ހިނގުން ބަންދުކޮށް، އެމަގަށް ވާގޮތަށް އިންޖީނުގެއެއް ކުރިން ހުރީ އަޅާފައެވެ. […]
އެއްގަމު އުޅަނދު ދުއްވާނަމަ މިއާދަތައް ގެންގުޅުމުން ދިމާވާ ނުރައްކާ ކުޑަވެދާނެ

މަގުމަތީގައި ވެހިކަލް ދުއްވާއިރު ސަމާލުކަންދޭންވީ ކަންކަން އެނގުނު ނަމަވެސް މިކަންކަމަށް ސަމާލުކަން ނުދިނުމަކީ މަދުން ނަމަވެސް މުޖުތަމައު ތެރެއިން ފެންނަ ކަމެކެވެ. ކޮންމެ ކަމެއްގައިވެސް އަޚްލާގީ ފެންވަރު ދެމެހެއްޓުމަކީ އަބަދުވެސް އެންމެ ރީތި އާދަ ކަމުގައި ހަދަންވާނެއެވެ. އަވަހަށް ތަނަކަށް ދާން އޮތްނަމަ ވަގުތު އޮއްވާ ތައްޔާރުވެގެން ވެހިކަލްއަށް އަރައިގެން ދަތުރު ފެށުމުން ރައްކާތެރިވާނެއެވެ. ގިނަ އެކްސިޑެންޓުތައްވެސް ހިނގަނީ ވެހިކަލް ދުއްވުމުގައި ގެންގުޅެންޖެހޭ އުސޫލުތަކަށް ތަބާނުވެވުމުގެ ސަބަބުންނެވެ. އެކްސިޑެންޓުގެ ސަބަބުން މީހުން މަރުވާ އަދަދު މަދެއް ނޫނެވެ. […]