ކާބޯތަކެތީގެ އިސްރާފު: ހުރިހާ ގޮތަކުންވެސް ބޮޑު ގެއްލުމެއް!

ކާބޯތަކެތީގެ ވާހަކަ ދައްކާއިރު، މިދުވަސްވަރަކީ މިކަމަށް ވަރަށް މުނާސަބު ދުވަސްކޮޅެކެވެ. ރަމަޟާންމަހުގެ ދުވަސްތައް ފާއިތުވަމުންދާތީއެވެ. ކާބޯތަކެތީގެ އިސްރާފަކީ ތިމާވެށީގެ ގޮތުން އެތައްގެއްލުމެއް ލިބޭކަމެކެވެ. އެހެންކަމުން ރަމަޟާން މަހާއި ގުޅުވައިގެން މިވާހަކަދެއްކުމަކީ ކާބޯތަކެތީގެ އިސްރާފު ކުޑަކުރުމަށް ފަހަރުގައި ބާރަކަށްވެދާނެއެވެ. އަބަދުވެސް ރަމަޟާންމަހު އެންމެ އިސްކަމެއް ދެވޭ އެއްކަމަކީ ތަފާތު ވައްތަރުގެ ކާބޯތަކެއްޗެވެ. ކުރިންވެސް މިހާރުވެސް އެކަންއޮތީ މިގޮތަށެވެ. ތަފާތުވީ ޒަމާނަށް އައި ބަދަލާއިގުޅިގެން ކަންހިނގަމުންދާ ގޮތެވެ. ނަތީޖާއަކީ އަބަދުވެސް ރަމަޟާން މަހު، ގޭގޭގެ ސުފުރާ މައްޗަށް އައުދިރުމެއް ލިބި […]