ޖެހިލުންވެ ލަދުން އުޅޭ މީހުންނާއިއެކު އުޅެންވީ ގޮތް އެނގޭތަ؟

ކަންކަމާއިމެދު ޖެހިލުންވެ ލަދުގަންނަ މީހުން ދިރިއުޅުމުގައި އެތައް ކަންތައްތަކާއި ކުރިމަތިލާންޖެހެއެވެ. މީހަކު ބުނެފާނެ އެއްޗަކާއި ނުވަތަ މީހަކު ފެނުމުން ލަދުގަނެ އެމީހަކާއި ވާހަކަދައްކަން ޖެހިލުންވުމަކީ "އިންޓްރޮވާރޓް ޕާސަނަލިޓީ" ހުންނަ މީހުންގެ ސިފައެކެވެ. މިމީހުންނާއެކު މުޖުތަމައުގައި އުޅެން ނޭނގޭ މީހުންވެސް އުޅެއެވެ. މިކަހަލަ މީހުން ކަމެއް ދިމާވާއިރަށް ވަރަށް ޖެހިލުންވެއެވެ. ބައެއް މީހުންނަކީ ލަދުންގޮސް އަނގައިން ބަހެއްވެސް ބުނަން ނުކެރިފައި ތިބޭ މީހުންނެވެ. އެމީހުންގެ އަމިއްލަ ނަފްސަށް އިތުބާރު ނެތުމާއި ލަދުވެތިކަން ހުންނަ ވަރުން ކަންކަމުގައި ބައިވެރިވެ އުޅެންވެސް […]